ރާއްޖޭގައި ބާއްވާ ބޮޑެތި ހަފްލާތަކާއި އެކި ކުންފުނިތަކުން ބާއްވާ ހާއްސަ ޖަލްސާތަކުގައި ބޮޑެތި ޕޯސްޓަރުތަކާއި ލީފްލެޓްތައް ހަދާފައިވާ މަންޒަރު ފެންނާނެއެވެ. ހަފްލާތަކުގައި ބަހައްޓާފައިވާ ޕޯސްޓަރުތަކާއި ލީފްލެޓަކީ އެ އިވެންޓެއްގެ ތައާރަފެއެވެ. ރައްޔިތުންނަށް އެތަކެތި ފެނި އެ އިވެންޓެއްގައި ބައިވެރިވުމަށް ޝައުގުވެރިވެއެވެ. ރައްޔިތުންގެ ލޯތައް ދަމައިގަންނަ ގޮތަށް ހަފްލާތަކަށް ޕޯސްޓަކާއި ލީފްލެޓްތަކާއި އެހެނިގެން ޕްރިންޓިންގެ މަސައްކަތް ކުރުމުގެ ރާއްޖޭގައި ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ ޕްރިންޓްލެބެވެ. ޒުވާން ވެރިއެއްގެ ބެލުމުގެ ދަށުގައި ކާމިޔާބު ކަމާއެކު ރައްޔިތުންނަށް އެކި ކަހަލަ ޕްރިންޓިންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މިއަދު ޕްރިންޓްލެބަށް ވަނީ 15 އަހަރު ފުރިފައެވެ. އެ ދިގު މާޒީގައި އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ އިތުބާރު ހޯދައި ކޮލެޓީ މަސައްކަތްތަކެއް ކޮށްފައެވެ.…